ބީލަން
ނަންބަރު: (IUL)392-ADM/392/2022/35
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 06 ސެޕްޓެންބަރު 2022 10:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫ މަސްޖިދުލް ތަޢާވުންގައި އިތުރު ފުރާޅުކޮޅެއް ހެދުމާއިގުޅޭ

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ                        

     ވޭމަންޑޫ

    ދިވެހިރާއްޖެ                        ނަންބަރު: (IUL)392-ADM/392/2022/35

 

އިޢުލާން

 

ކޮޅުމަޑުލު ވޭމަންޑޫ މަސްޖިދުލް ތަޢާވުންގައި އިތުރު ފުރާޅުކޮޅެއް ހެދުމާއިގުޅޭ.

 

ވޭމަންޑޫ ކައުންސިލުންދޭ ސްޕެސިފިކޭޝަންތަކާއި، ކުރެހުންތަކާއި އެއްގޮތްވާ ގޮތުގެ މަތީން ވޭމަންޑޫ މަސްޖިދުލް ތަޢާވުންގެ ކުރިމަތިން ފުރާޅުކޮޅެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ވޭމަންޑޫ ކައުންސިލަށް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަދި [email protected] އަށެވެ.

 

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

28 އޮގަސްޓް 2022 އިން 6 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 14:00 އަށް،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

13 ސެޕްޓެމްބަރ 2022 ވަނަދުވަހުގެ 10:00 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި،  

 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިތަކެތި ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 28 އޮގަސްޓް 2022 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނުވަތަ ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 11 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. ބިޑް ހުޅުވުން އޮންނާނީ 13 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 10:00އަށް ވޭމަންޑޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.  

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

            01 ޞަފަރު 1444

            28 އޮގަސްޓް 2022

28 އޮގަސްޓް 2022