ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FEST/IUL/2022/27
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 01 ސެޕްޓެންބަރު 2022 12:00
ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Part-time Lecturer

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ:

-          ކޮންޕިއުޓަރ އެޕްލިކޭޝަން އިން ހެލްތް ކެއަރ

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލާރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު ޓާރޝަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައްސޫލިއްޔަތު

ލެކްޗަރ ގަޑިތައް އަދި ޓިޔުޓޯރިއަލްގެ މާއްދާތަކުގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

4-     ޕާރޓް-ޓައިމް ލެކްޗަރަރއިންގެ ވަޒީފާއަށް އެދޭ ފޯމު

-          ފޯމުގެ ލިންކު:

(https://drive.google.com/file/d/1OVY6fR3s4qh_2gThWhDJ5sbZGJxUb62z/view?usp=sharing)

އިތުރު މަޢުލޫމާތު

-       ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

-       މިމަޤާމްތަކަށް މީހުން ހޮވުމުގައި މިދާއިރާތަކުން ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ މިސެންޓަރުގެ ނަމްބަރު 3345444 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

28 އޮގަސްޓް 2022