ދިވެހިރާއްޖެ
އިޢުލާން
މިސްކޫލުގެ އިޢުލާން ނަންބަރ GS-49/IU/2022/15 ގައިވާ މަސައްކަތަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް މި ސްކޫލަށް އަލްޓްރާ ޝޯރޓް ތްރޯ ޕްރޮޖެކްޓަރަކާއި ހައި ސްޕީޑް އެޗް.ޑީ.އެމް.އައި ކޭބަލްއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މިމަސައްކަތަށް ބީލަން ހުށައެޅުމަށް ހުޅުވާލަމެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 8/20141 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 28 އޮގަސްޓް 2022 އިން 05 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 12:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެއްވުމަށް މިސްކޫލަށް ވަޑައިގެން ނުވަތަ މިސްކޫލުގެ ނަންބަރ 6800010 އަށް ގުޅުއްވައިގެން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރ
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރ
މިމުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށް އެދި މި ސްކޫލަށް ހުށައަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފްކުރަންވަން ބޭނުންފުޅުވާނަމަ 05 ސެޕްޓެމްބަރ 2022 ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިސުކޫލުގެ ނަންބަރ (9994967/ 9999436) އަށް ގުޅައި ސާފުކުރަންވާނެއެވެ. ބިޑް ހުޅުވުން އޮންނާނީ 11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މާވަށު ސުކޫލުގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.