ދިވެހިރާއްޖެ
ނަންބަރ:IUL)NSA-VAM/NSA-VAM/2022/21)
އިޢުލާން
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް 2022 -އދ މާމިގިލި:
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އަތޮޅުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް 2022 " މުބާރާތުގެ އދ އަތޮޅުގައި މިހާރު ކުރިއަށްދާ މުބާރާތުގައި 2022 އޯގަސްޓް 26 ވީ ހޮނިހިރުވިލޭރޭ ކުޅެވުނު މެޗު ކުރިއަށް ދިޔަ ވަގުތު ދިމާވި ހިތާމަވެރި ޙާދިސާ އާއި ގުޅިގެން މި މުބާރާތް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށް ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މި މުބާރާތުގެ މެޗްތައް އަލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2022 އޯގަސްޓް 30 ވާ ހޯމަ ދުވަހުކަމުގައި ދެންނެވީމެވެ.
ވީމާ، މި މުބާރާތުގެ ޝެޑިއުލަށް ގެނެވިފައިވާ ބަދަލު މި މުބާރާތުގައި ބައިވެރިވެފައިވާ ހުރިހާ ޓީމްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރީމެވެ.