ދިވެހިރާއްޖެ
މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: ވޮޗަރ ގރ. 1
އަދަދު: 03
މުސާރަ: 2620.00 ރ
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ހދ. ކުޅުދުއްފުށި ފިހާރަ
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން
* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
* ކަނޑައެޅިފައިވާ ޑިއުޓީއެއްގައި ތަން ބެލެހެއްޓުން
* ފިހާރައިގެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި މުވައްޒަފުންނަށް އެހީތެރިވެދިނުން
ތަޢުލީމާއި ތަޖުރިބާ:
* ގްރޭޑް 7 ގެ ފެންވަރު ހުރުން
* ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
* ފަޔަރ ފައިޓިންގ އަދި ފަސްޓް އެއިޑް ކޯހެއް ހަދާފައިވާ އަދި މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 23 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 165 ނަންބަރު ހދ. ކުޅުދުއްފުށި ފިހާރަ ފިހާރައިންނާއި އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން www.stomaldives.com ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344272
ފެކްސް: 3344041
އެސްޓީއޯ ކުޅުދުއްފުށި ފިހާރަ
ރިންގްރޯޑް، ދެކުނުއަވަށް، ހދ. ކުޅުދުއްފުށި
ފޯން: 6528277.
ވެބްސައިޓް: www.stomaldives.com