ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/1/2022/60
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 18:11
ސުންގަޑި: 28 އޮގަސްޓް 2022 00:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ އޮކްޓޯބަރގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާއި ގުޅޭ

 

2022 ވަނަ އަހަރުގެ އޮކްޓޯބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ދޫކުރުމާއި ފައިސާ ބަލައިގަތުން 2022 އޮގަސްޓް 25 ވާ ބުރާސްފަތި ދުވަހު މިއިއުލާން ގެޒެޓް ކުރާ ހިސާބުން ފެށިގެން 2022 އޮގަސްޓް 28 ވާ އާދިއްތަ ދުވަހުގެ 13:30ގެ ނިޔަލަށް ލޭޓް އެޕްލިކޭޝަންއަށް ހުޅުވާލަމެވެ. އަދި ފައިސާ ބަލައިގަތުން 2022 އޮގަސްޓް 28 ވާ އާދިއްތަ ދުވަހު ކުރިއަށް ގެންދާނެއެވެ.

އެޕްލިކޭޝަން ފޯމް ވެބްސައިޓްwww.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ހުށައަޅާއިރު، އެޕްލިކޭޝަން ފޯމާއިއެކު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ، އަދި ކުރިން އޭލެވެލް ހެދި  ކެންޑިޑޭޓެއްނަމަ ސްޓޭޓްމެންޓް އޮފް އެންޓްރީ ނުވަތަ ސްޓޭޓްމެންޓް އޮފް ރިޒަލްޓްގެ ކޮޕީ ހުށައަޅަންވާނެއެވެ. އެޕްލިކޭޝަން މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

 

27 މުޙައްރަމް 1444

25 އޮގަސްޓް 2022

 

25 އޮގަސްޓް 2022