ކުއްޔަށް ހިފުން
ނަންބަރު: (IUL)471-CDS3/1/2022/90
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 04 ސެޕްޓެންބަރު 2022 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމުގައި ބެހެއްޓުމަށް ޕޯޓަބަލް އެއަރކޮންޑިޝަން ސިސްޓަމް ކުއްޔައްދޫކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 01 ސެޕްޓެންބަރު 2022 21:16 ގައި ބާތިލް ކުރެވިފައެވެ.


މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމުގައި ބެހެއްޓުމަށް ޕޯޓަބަލް އެއަރކޮންޑިޝަން ސިސްޓަމް  ކުއްޔައްދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އަދި އިންސްޕެކްޝަން އޮންނާނީ 29 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 11:00ގައި ދަރުބާރުގެ ރަންނަބަނޑޭރިމާލަމުގައެވެ.

އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީމެއިލް ކޮށްދެއްވުން އެދެމެވެ.

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 04 ސެޕްޓެމްބަރ 2022 ވާ އަދީއްތަ  ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.

25 އޮގަސްޓް 2022