ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
(IUL)10-F/10/2022/137 :ނަންބަރ
އިޢުލާން
މި މިނިސްޓްރީއަށް ބޭނުންވާ 10 (ދިހައެއް) ކޮމްޕިއުޓަރ ސިސްޓަމް (Intel® Core™ i7 10th gen or above) އަދި2 (ދޭއް) ކޮމްޕިއުޓަރ ސިސްޓަމް
(Inter core i9 latest gen) ވިއްކުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި ބީލަމަށް ކުރިމަތިލައްވާ ފަރާތްތަކުން މަދުވެގެން1 (އެކެއް) އަހަރު ދުވަހުގެ ވޮރެންޓީ
ހުށަހަޅުއްވަން ވާނެއެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މި އިޢުލާން ނަންބަރަށް ރިއާޔަތްކޮށް
މިނިސްޓްރީގެ [email protected] އީ.މެއިލް އެޑްރެހަށް ކޮންޓެކްޓް ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަންބަރު އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން
އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.) މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް
މިބީލަމާއި ގުޅޭ ޓީ.އޯ.އާރް އަދި މަޢޫލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ. މި ބީލަމަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކުން، 06 ސެޕްޓެމްބަރު 2022
ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.