މަޤާމު:
|
ސެކިއުރިޓީ އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ތިނަދޫ ކެމްޕަސް
|
ގްރޭޑް:
|
1
|
ސްޕައިން ޕޮއިންޓް:
|
03
|
މުސާރަ:
|
މަހަކު 3,772.15 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 1,616.64 ރުފިޔާ
|
އިނާޔަޔްތައް:
|
މިނިމަމް ވޭޖް އެލަވަންސް:
|
މަހަކު 1,957.00ރުފިޔާ
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
އަސާސީ ފެންވަރު
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޑިއުޓީކުރަންޖެހޭ ބުލޮކެއް / އިމާރާތެއްގެ އަދި އެތަނަށް ވަދެ ނިކުމެ ހަދާފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ޤަވާއިދުން ކުރުން.
- ޑިއުޓީކުރަންޖެހޭ ބުލޮކެއް / އިމާރާތެއްގެ ވަށައިގެން ހިނގާ، ތަނުގެ ރައްކައުތެރިކަން އެކިފަހަރުމަތިން ބެލުމާއި، ތަނުގައި ހުންނަ ތަފާތު ބާވަތުގެ އެއްޗެތީގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުން.
- ވަދެވެން ހުންނަ ދޮރު، ގޭޓްފަދަ ތަންތަން މޮނިޓަރ ކުރުމާއި އިމާރާތާއި، ގޯތިތެރެއާއި، އެސަރަހައްދުގައިވާ ތަކެތި ބެލެހެއްޓުން.
- ޑިއުޓީކުރަންޖެހޭ ބްލޮކެއްގައި ހުންނަ އޮފީހުގެ ޚިދުމަތް ހޯދަން އަންނަ މީހުން ފިޔަވައި އެހެންމީހުން، ކަމާބެހޭ ވެރިއެއްގެ ހުއްދައެއްނެތި އެތަނަށް ނުވެއްދުން.
- އިމާރާތާއި ގޯތިތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުސޫލުން ދިއްލައި ނިއްވުން.
- ތަނަށް ވަދެނިކުމެވާ ވެހިކަލްތައް މޮނިޓަރކުރުމާއި، ޕާރކްކުރުމަށް ހަމަޖެހިފައިވާ ތަންތަން ނޫންއެހެން ތަންތަނުގައި ޕާރކްކުރޭތޯ ބެލުމާއި، ޤަވާއިދާއި ހިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުން.
- ވޮޗަރުންގެ ބެލުމުގެދަށުގައިވާ ތަންތަން ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ޤަވާއިދުން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގަޑިތަކުގައި، ގޭޓް ހުޅުވައި ލެއްޕުން).
- މުވައްޒަފުން ނުވަތަ އެހެންވެސް ފަރާތަކުން ތަނުގައި ޤާއިމް ކޮށްފައިވާ ތަކެއްޗަށް ގެއްލުމެއް ދިނުން، ނުވަތަ ގެއްލުމެއް ދީފާނޭފަދަ އަމަލެއް ފާހަގަވާނަމަ އެފަދަކަންކަން ރިޕޯރޓްކުރުމާއި އަޅަންޖެހޭ ފިޔަވަޅުއެޅުން.
- ސެކިއުރިޓީ ބެލެހެއްޓުމުގެ ތަމްރީނުގައި ދަސްކޮށްދެވޭ ކަންކަން ތަންފީޒްކުރުމަށް މަސައްކަތް ކުރުން.
- ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ގަވާއިދުން ރިޕޯޓްކުރުން.
- އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން. މިގޮތުން ޔުނިވަރސިޓީގެ މުހިންމު ކަންކަމާއި ގުޅުވައިގެން ބާއްވާ ފެއަރ، ޖަލްސާ ފަދަ އެނެމެހާކަންކަން ކުރުމުގައި އެދޭ އެހީތެރިކަން ދިނުން.
- ސެކިއުރިޓީ ސްޓާފުންގެ ތެރެއިން ސަލާމްބުނާ މުވައްޒަފުންނާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން. އަދި ޑިއުޓީގަޑި އަދި ސްޓޭޝަން ފަދަ ކަންކަން ބަދަލުކުރަންޖެހޭ ހާލަތްތަކުގައި އެކަމަށް ފުރިހަމައަށް އިޖާބަދިނުން.
- ތަން ރީތިކޮށް ބޭއްވުމަށްޓަކައި ހަވާލުކުރެވިފައިވާ މަސައްކަތް ކުރުމުގައި އެހީތެރިކަން ދިނުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2022 ސެޕްޓެންބަރު 01 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ތިނަދޫ ކެމްޕަހަށް ނުވަތަ ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-TC-2022-238
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
https://tinyurl.com/Job-Application-Form--Dhivehi
https://tinyurl.com/Job-Application-Form--English
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “ޕީ.ޑީ.އެފް" ކޮށްފައެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
|