ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: ަ(IUL)22-PU/1/2014/212
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 27 އޮކްޓޫބަރު 2014 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެޝިނަރީ ގަތުމަށް

މެޝިނަރީ ގަތުމަށް ބޭނުންވެއްޖެ

މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/1/2014/161) އިޢުލާނާ ގުޅިގެން ތިރީގައި މިދަންނަވާ މެޝިނަރީއަށް އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ، މިތަކެތި ގަތުމަށް އަލުން އިޢުލާން ކުރީމެވެ.

01 ސްކޭނަރ

01 ޕްރިންޓަރ

01 ޕްރޮޖެކްޓަރ (ސްކްރީނާއެކު)

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) އަށް ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) އަށް ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

27 އޮކްޓޫބަރު 2014 (ހޯމަ) ދުވަހުގެ 11:00 އަށް

30 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

22 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014