ދެންނެވުން
ނަންބަރު: (IUL)342/2022/101
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 30 އޮގަސްޓް 2022 14:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މަތިވެރީގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ޢަމަލު ކުރުމަށް ފާސްކުރުން:

އިޢުލާން

އއ. މަތިވެރީގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ޢަމަލު ކުރުމަށް ފާސްކުރުން:

                     މިރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން 16 އޮގަސްޓު 2022 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިންވަނީ ފާސްކޮށް ދެއްވާފައެވެ. ނަމަވެސް މި ޕްލޭނަށް ޢަމަލު ކުރަން ފެށެނީ ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 2-107 ގެ (ށ) ގައިވާ ގޮތުގެމަތިން "ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުމަކުން" މި ޕްލޭނަށް ޢަމަލުކުރުމަށް ފާސްވުމުންނެވެ. މިހެންކަމުން މި ޕްލޭން ފާސްކޮށްދެއްވުމަށް ރައްޔިތުންނާ ބައްދަލުކުރުމަށް މި ކައުންސިލުން ބޭނުންވެއެވެ.

                     ވީމާ، 30 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 13:45 އަށް ރަށުގެ ލޮބުވެތި ރައްޔިތުން ކައުންސިލަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                     25 މުޙައްރަމް 1444

                     23 އޮގަސްޓު 2022

 

23 އޮގަސްޓް 2022