ބީލަން
ނަންބަރު: (IUL)22/PU/22/2021/253
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 17:57
ސުންގަޑި: 30 އޮގަސްޓް 2022 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް ފަރުނީޗަރު ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް ފަރުނީޗަރު ހޯދުމަށް ބޭނުންވެއްޖެ:

1. ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)22/PU/22/2021/235އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލްކުރުމަށްފަހު މިތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.    

2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022  އޯގަސްޓު 24 ން 2022 އޯގަސްޓު 30 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.moe.gov.mv

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022  އޯގަސްޓު 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022  ސެޕްޓެންބަރު 01 ވަނަ ދުވަހުގެ 11:00 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 3 ގައެވެ.

5. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000ރ. (ފަސްހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                            

ފޯން:  9997721

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

24 އޮގަސްޓް 2022