މަސައްކަތް
ނަންބަރު: (IUL)257/257/2022/85
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 29 އޮގަސްޓް 2022 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރު އިޖްތިމާޢީ ސަރަހައްދުތައް ކުނި ކަހާ ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

                   މިރަށުގެ އުތުރު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިއިދާރާއިން އަންގާ ގޮތެއްގެ މަތިން ސާފުކުރަންޖެހޭ ސަރަހައްދު ތަކަކީ އުތުރު އަތިރިމަތި ސަރަހައްދު (ބުލްބުލާގޭ ހުޅަނގު ފާރުގައި ޖަހާފައިވާ ފާހަގައިން ފެށިގެން ރެހެންދި ޕާކް އާއި އެކު) އުތުރު ކޮށިމަގާއި، އަލަށްހެދި ކަޅުއޮށްފުންމި މަގާއި، ޞަބާޙުލްޚައިރުގޭ ދޮރުމަތީގައިވާ ހުސްބިމާއި،ބާރަށު މަކްތަބުލް އަހަދިއްޔާ، އުތުރު ފަސްގަނޑަށްދާ މަގާއި، މަސްޖިދުއްތަޢާވުން އެވެ.

                           ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ އަންހެންބޭފުޅުން 29 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30 ން މެންދުރު ފަހު 13.30 އަށް  މިކައުންސިލް އިދާރާއިންނެވެ.

26 މުޙައްރަމް 1444

24 އޮގަސްޓް 2022

 

         

                                                                   ޞަފްޢަތު މުޙައްމަދު

                                                                ބާރަށު ކައުންސިލުގެ ރައީސް

                                                

24 އޮގަސްޓް 2022