ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2022/35
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 15 ސެޕްޓެންބަރު 2022 00:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އިސްމައިލިއްޔާ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ކަލްޗަރ އެންޑް އާޓްސް، ސެޝަން ޓްވެންޓީ ސެކަންޑް" ގައި ބައިވެރިވުމުގެ ފުރުޞަތު

ިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އިން އިންތިޒާމް ކުރައްވައިގެން މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ން 30 ށް ބޭއްވުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދަންނަވާފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވަޑައިގަންނަވާ ގްރޫޕްގައި އެންމެ ގިނަވެގެން ހިމެނޭނީ 12 މެމްބަރުން ކަމަށާއި މިގްރޫޕްގެ މެމްބަރުންގެ ކެއުމާއި ހުރުން އަދި އެތެރޭގެ ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސަވައިދެއްވާނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ގްރޫޕަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް [email protected] އަށް މެއިލް ކުރައްވާ  [email protected].mvއަށް ކޮޕީ ކުރެއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

24 އޮގަސްޓް 2022