ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-C/294/2022/45
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 30 އޮގަސްޓް 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަނަދޫ ބަނދަރުގެ އިރުމަތީކޮޅު އޮޑިއެހެލާ ސަރަޙައްދު ސާފުކުރުމާއި ގުޅޭ

އިޢުލާން

 

ނ. މަނަދޫ ބަނދަރުގެ އިރުމަތީކޮޅު އޮޑިއެހެލާ ސަރަޙައްދު ސާފުކުރުމާއި ގުޅޭ

                 

ނ. މަނަދޫ ބަނދަރުގެ އިރުމަތީކޮޅު އޮޑިއެހެލާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގެ ތެރޭގައި މިސަރަޙައްދުގައިވާ ގިނަދުވަސްވެ ބައުވެ ބޭނުން ނުކުރެވޭ ތަކެތި ނައްތާލުމާ މިސަރަޙައްދު ތަރުތީބުކުރުން ހިމެނެއެވެ. ވީމާ މަނަދޫ ބަނދަރުގެ އޮޑިއެހެލާ ސަރަޙައްދުގައި ބަހައްޓާފައިވާ އެންމެހާ ތަކެތި ( އޮޑިދޯނިފަހަރު، ޑިންގި، ލޯންޗް، ލަކުޑި އާއި އަދި މިނޫންވެސް އެއްވެސް ފަރާތަކުން ބަހައްޓާ ނުވަތަ ރައްކާކޮށްފައިވާ އެއްވެސް އެއްޗެއް ވާނަމަ އެތަކެތި ހިމެނޭގޮތުން ) އެ ތަކެތީގެ ވެރިފަރާތް ނުވަތަ ތަކެއްޗާއި ޒިންމާވާނެ ފަރާތް މިއިދާރާއަށް ވަޑައިގެން އެފަރާތެއްގެ ނަމާ ގުޅޭނެ ފޯނު ނަމްބަރާ ބެހެއްޓިފައިވާ މުދަލުގެ ނުވަތަ ތަކެތީގެ ތަފްޞީލް މިހިނގާ އޯގަސްޓްމަހުގެ 30 ވަނަދުވަހުގެ 13:00 ގެ މިއިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                      24 އޮގަސްޓް 2022

24 އޮގަސްޓް 2022