ދިވެހިރާއްޖެ
ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އައުއިމާރާތް އަމިއްލަތަކެތީގައި އަޅާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ (IUL)376/376/2022/40 އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީވެ އެއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކަނޑައެޅިފައިވާ ތާރީޚަށް ބިޑްގައި ބައިވެރިމަށް އެދި މިކައުންސިލްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މިކަމަށް އެދި ހުށަހެޅޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ 100 ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މި އިޢުލާނާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 13 ސެޕްޓެމްބަރ 2022 ވަނަދުވަހުގެ ހެނދުނު 11:00 ގައި، މިކަމަށް އެދި ހުށަހަޅާ ހުރިހާ ފަރާތެއްގެ އެއް ހާޟިރުގައި ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 4 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން މިކައުންސިލްގެ އީ-މެއިލް [email protected] އަށް މެއިލްކޮށްގެން މައުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
23 އޮގަސްޓް 2022