ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)396-A/2022/66
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި:
31 އޮގަސްޓް 2022 13:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ އިއުލާން ނަންބަރު: (IUL)396-A/2022/56 (08 އޮގަސްޓް 2022) އަށް އިޖާބަދިން މީހުން މަދުކަމުން އިތުރު މީހުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މިރަށުގެ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް / ނޯޕޭލީވް، އަހަރީ ޗުއްޓީ ، އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް
ނުނިކުމެވޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ
ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.
|
މަޤާމް:
|
މަސައްކަތު (ވޭޖްޕޫލް)
|
|
ބޭނުންވާ ޢަދަދު:
|
4 (ފަހެއް)
|
|
މަޤާމުގެ ބާވަތާއި މުއްދަތު:
|
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 1 (އެކެއް) އަހަރަށް
|
|
ވަޒީފާއަދާ ކުރަންޖެހޭ ތަން:
|
ލ.ދަނބިދޫ މިސްކިތްތައް / ހައްދުންމަތީ ކައުންސިލްގެ އިދާރާ
|
|
މުސާރަ:
|
- މަސައްކަތްކުރާ ގަޑިއަކަށް 45.00 (ރުފިޔާ) (މަސައްކަތު)
|
|
މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު
|
ދުވާލަކު 5 ގަޑިއިރު ހަފްތާގެ 7 ދުވަސް
|
|
މަޤާމުގެ ޝަރުތުތައް:
|
ލިޔަން ކިޔަން އެގުން.
ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:
ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދަޢުލަތުގެ އިދާރާ އަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައި ދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.ނުވަތަ ސްކްރީންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށުވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
|
|
މަޤާމްގެ މައިގަނޑު މަ ސްއޫލިއްޔަތު:
|
- ކޮންމެނަމާދުވަގުތެއްގެ 30 މިނިޓް ކުރިން މިސްކިތައްގޮސް މިސްކިތާއި ވަޅުދޮށް، އިސްކުރުބަރިއާއި ފާޚާނާ ސާފުކުރަންވާނެއެވެ. އަދި ނަމާދުކޮށްނިމުމުން 30 މިނިޓް މަޑުކޮށް ކުރަން ހުރި މަސައްކަތްކުރުން.
- ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން ނަމާދަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ތަޅުންމަތި ސާފުކޮށް ލައިޓުތައް ދިއްލުމާއި ފަންކާ ޖެހުން އަދި ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފޭބުމުން، ފަންކާތަކާއި ލައިޓުތައް ނިއްވައި ދޮރުތައް ލެއްޕުން
- މިސްކިތް ފޮޅާ ސާފުކޮށް ވަޅުދިޔަހިއްކުމާއި މިސްކިތް ސާފުކުރުމާއިބެހޭ ހުރިހާ ކަމެއްކުރުން. (ވަޅުދިޔަހިއްކާނީ މަހަކު 1 ފަހަރު ނުވަތަ ހަޑިވުމުން) އަދި ދޭތެރެދޭތެރެއިން ފުރާޅުގެ ދިޔަދޮވި ސާފުކުރުން.
- ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކަހާ ވިނަނޮޅާ ކުނި އުކާލުމުގެ މަސައްކަތް ކުރުން ، އަދި މީގެ އިތުރުން މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާރުތައް ކުރުން (މިސާލަކަށް ފެންއިސްކުރު ބަދަލުކުރުން، ފަންކާ ބޮކި ހޮޅިބުރި އެނދުމުން ބަދަލުކުރުން، މިސްކިތުގެ ފާރު ނުވަތަ މިސްކިތުގެ އިންފާރުން ހަޑިވާ ތަންތަން ދޮވެ ދަވާދު،ކުލަލާ ހެދުން މިފަދަ އެކިއެކި ކުދިކުދި މަރާމާތުތައް ކުރުން)
- އިމާމު/މުދިމު އަންގާގޮތެއްގެ މަތިން ބިއްލޫރި ލެވިފައިވާ ތަންތަނާއި،ހޮޅިބުރި ފަންކާ ކަބަޑުތައް ފޮޅާސާފުކުރުމުގެ މަސައްކަތް ކުރުން، އަދި ހޮޅިބުރިތަކާއި، ފަންކާތައް އޮފީހުން ހަމަޖައްސާ އުޞޫލަކުން ދިއްލާ ނިއްވުން.
- މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު/މުދިމް އަށާއި، ރަށު ކައުންސިލް އިދާރާ އަށް އަންގަމުން ގެންދިއުމާއި، ރަށުކައުންސިލް އިދާރާއިންނާއި އިމާމު/މުދިމު ހަމަޖައްސާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.
- ހިރަފުސް ދުވަސްވަރެއްގައި އިދާރާއިން އަންގައިފި ހިނދެއްގައި ގޯތިތެރެއަށް ފެންޖެހުން.
- މިސްކިތް ބެލެހެއްޓުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް
|
ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން31 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް
ސިޓީއަކުން ހުށައެޅުއްވުންއެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6800724 ފޯނާއި ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ
[email protected] އަށެވެ.