ދިވެހިރާއްޖެ
ތިލަފުށިން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކަށް 1 އަހަރު ދުވަހުގެ މުއްދަތަށް ގޭސް ފުޅި (މޯލްްްޑިވް ގޭސް) އުފުލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ތިލަފުށިން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކަށް 1 އަހަރު ދުވަހުގެ މުއްދަތަށް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ގޭސް ފުޅި (މޯލްޑިވް ގޭސް) އުފުލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތް: މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް، ތިލަފުށިން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކަށް 1 އަހަރު ދުވަހުގެ މުއްދަތަށް ގޭސްފުޅި (މޯލްޑިވް ގޭސް) އުފުލައިދިނުން
މަސައްކަތުގެ ވެރި ފަރާތް: ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2014 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 އޮކްޓޯބަރު 26 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށް 2014 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ބީލަންކަރުދާހާ ގުޅިގެން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސުވާލުތައް ލިޔުމުން ފޮނުއްވާނީ 2014 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.
ބީލަންކަރުދާސް : ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 ނޮވެންބަރު 02 ވަނަ ދުވަހުގެ 11:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން:3344321
ފެކްސް: 3344633
އީމެއިލް: [email protected]
23 ޛުލްޙިއްޖާ 1435