މަސައްކަތް
ނަންބަރު: (IUL)222-F/INDIV/2022/70
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 01 ސެޕްޓެންބަރު 2022 10:30
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ހއ. އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ހޯލް ބޮޑުކުރުމަށް ހޯލުގެ ހުޅަނގު ފަރާތަށް އިތުރުކުރެވޭ ބައި އިތުރުކުރުމަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު  ބޭނުންވެއްޖެ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތައް ހއ.އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ހޯލް ބޮޑުކުރުމަށް ހޯލުގެ ހުޅަނގު ފަރާތަށް އިތުރުކުރެވޭ ބައި އިތުރުކުރުމަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: ((IUL)222-F/INDIV/2022/43) (19 ޖޫން 2022) އިއުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅުއްވާފައި ނުވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

 01 ސެޕްޓެމްބަރު 2022 (ބުރާސްފަތި)

10:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)، އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު (ހއ. އުތީމު)

ބީލަން ހުށައެޅުން

11 ސެޕްޓެމްބަރު 2022 (އާދިއްތަ)

10:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)، އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު (ހއ. އުތީމު)

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340236 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

26 މުޙައްރަމް 1444

24 އޮގަސްޓް 2022

 

24 އޮގަސްޓް 2022