މަސައްކަތް
ނަންބަރު: (IUL)38-AD/38/2022/257
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 04 ސެޕްޓެންބަރު 2022 13:30
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް އެއަރ ކޮންޑިޝަންތައް ސާވިސްކޮށްދޭނެ ފަރާތެއް ހޯދުން

(IUL)38-AD/38/2022/257 :ނަންބަރު 

 

 

އިޢުލާނު

އެއް އަހަރު ދުވަހުގެ މުއްދަތަށް އެއަރ ކޮންޑިޝަންތައް ސާވިސްކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެއަރ ކޮންޑިޝަންތައް ސާވިސްކޮށްދޭނެ  ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 2022 ސެޕްޓެންބަރު 04 ވާ އާދީއްތަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 ސެޕްޓެންބަރު 01 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

23 އޮގަސްޓް 2022