ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ގޯޑައުން އިމާރާތުގެ 1،2 އަދި 3 ވަނަ ފްލޯ އެއަރކޯނު ހަރުކުރުމުގެ މަޢުލޫމާތު ޝީޓު
މަސައްކަތުގެ ތަފުސީލު:
މި މަޢުލޫމާތު ކަރުދާހަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން މަރާމާތުކުރަމުންދާ ގޯޑައުން އިމާރާތުގައި، މަތީގައި ދެންނެވިފައިވާ ނަންބަރު: IUL)438-PRCU/1/2014/69) އިޢުލާނުން ގޯޑައުން އިމާރާތުގެ 1، 2 އަދި 3 ވަނަ ފްލޯގެ ހިމެނޭ ބައިތަކުގައި އަމިއްލަ ތަކެތީގައި އެއަރކޯނު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ އިޢުލާނާ ގުޅިގެން ދެވޭ މަޢުލޫމާތު ހިމެނޭ ކަރުދާހެކެވެ.
ކުރަންޖެހޭ މަސައްކަތްތައް
1ވަނަ ފްލޯ
- ވާރކިންގ ހޯލުގައި 16000 ބީ.ޓީ.ޔޫ ގެ 3 އެއަރކޯނު ހަރުކުރުން
- 1 ނަންބަރު ކޮޓަރީގައި 9000 ބީ.ޓީ.ޔޫގެ 1 އެއަރކޯނު ހަރުކުރުން
- 2 ނަންބަރު ކޮޓަރީގައި 9000 ބީ.ޓީ.ޔޫގެ 1 އެއަރކޯނު ހަރުކުރުން
- މީޓިންގރޫމުގައި 12000 ބީ.ޓީ.ޔޫގެ 1 އެއަރކޯނު ހަރުކުރުން
2ވަނަ ފްލޯ
- ވާރކިންގ ހޯލުގައި 16000 ބީ.ޓީ.ޔޫ ގެ 3 އެއަރކޯނު ހަރުކުރުން
- 1 ނަންބަރު ކޮޓަރީގައި 9000 ބީ.ޓީ.ޔޫގެ 1 އެއަރކޯނު ހަރުކުރުން
- 2 ނަންބަރު ކޮޓަރީގައި 9000 ބީ.ޓީ.ޔޫގެ 1 އެއަރކޯނު ހަރުކުރުން
- ވެއިޓިންގ އޭރިޔާގައި 7000 ބީ.ޓީ.ޔޫގެ 1 އެއަރކޯނު ހަރުކުރުން
- އިސްޓޯރުގައި 7000 ބީ.ޓީ.ޔޫގެ 1 އެއަރކޯނު ހަރުކުރުން
- މީޓިންގ ހޯލުގައި 9000 ބީ.ޓީ.ޔޫ ގެ 1 އެއަރކޯނު ހަރުކުރުން
3ވަނަ ފްލޯ
- ބޮޑު މީޓިންގރޫމަށް 12000 ބީ.ޓީ.ޔޫގެ 2 އެއަރކޯނު ހަރުކުރުން
- ލެބޯޓްރީއަށް 12000 ބީ.ޓީ.ޔޫގެ 1 އެއަރކޯނު ހަރުކުރުން
- ނަމާދުކޮޓަރިއަށް 9000 ބީ.ޓީ.ޔޫގެ 1 އެއަރކޯނު ހަރުކުރުން
- ލެބޯޓްރީ ކުރިމަތީގައި އޮންނަ ހުސްޖާގަޔަށް 7000 ބީ.ޓީ.ޔޫގެ 1 އެއަރކޯނު
އިތުރު މަޢުލޫމާތު
- ހަރުކުރެވޭ އެއަރކޯންތަކަކީ އިންވާޓަރ ޓައިޕް ޔުނިޓުތަކަކަށް ވާންވާނެއެވެ
- ސަޕްލައި ކުރެވޭ އެއަރކޯންތަކަކީ މާލެއިން ސްޕެއަރ ލިބެން ހުންނަ ބްރޭންޑަކަށް ވާންވާނެއެވެ.
އަގު ހުށަހަޅުއްވާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް
- އަގު (އަންދާސީހިސާބު) / އަގު ހުށަހަޅުއްވަންވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށް.
- ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
- އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2011 ގެ ޖަނަވަރީން 2014 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.
- އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިޔުމެއް މަދުނަމަ އެޕްރޮޕޯޒަލެއް ބާޠިލު ކުރެވޭނެއެވެ.
- މަޢުލޫމާތަށް ހާޒިރު ނުވާ ފަރާތަކަށް ނުވަތަ މަޢުލޫމާތަށް ހާޒިރުވިކަމަށް ނޯޓުކުރަންޖެހޭ ސީޓުގައި ނޯޓުކުރެވިފައި ނުވާ ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ
ހެޑް އޮފް ޕްރޮކިއުމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން މަރާމާތުކުރަމުންދާ ގޯޑައުން އިމާރާތުގެ 1،2،3 ވަނަ ފުލޯގައި އެއަރކޯނު ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
އިޢުލާނު ނަންބަރު: IUL)438-PRCU/1/2014/69)
މިމަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭ ގޮތުގެ ތަފުސީލު
- އަގަށް: 60 ޕޮއިންޓު
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 60
- މުއްދަތު: 30 ޕޮއިންޓު
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތަށް 30
- ތަޖުރިބާ: 10 ޕޮއިންޓް
ދާއިރާއާ ގުޅޭގޮތުން ފާއިތުވެފައިވާ 3 އަހަރުގެ ތެރޭގައި މިބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާފައި
- މަސައްކަތް ޙަވާލު ކުރުމުގައި ޓެކްނިކަލުން ފާސްވުމަށްފަހު ފައިނޭންޝިއަލް އިވެލުއޭޝަނަށް ބަލައި އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބިޑް އެވޯޑް ކުރެވޭނެއެވެ.
ބިޑު ހުޅުވުން:
- ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
- ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 27 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހުށަހެޅޭ އަންދާސީހިސާބު ބާޠިލު (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތައް:
- ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
- އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުން.
- އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވުން.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018337 ނަންބަރު ފޯނަށެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9916869/7794100 އަށް ގުޅުއްވުން އެދެމެވެ.
ނޯޓް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.