ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ މަސައްކަތްތައް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރީއްޔާއިން ހަރުދަނާކޮށް މިކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށާއި އޮފީހުގެ އައިޓީއާގުޅޭ މަސައްކަތްތަކާ ގުޅޭގޮތުން 1 އަހަރު ދުވަހުގެ މުއްދަތަށް އައި.ޓީ ޙިދުމަތް ދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
# |
ތަފުޞީލު |
ތާރީޚު |
ގަޑި |
ތަން |
1 |
މަޢުލޫމާތު ސާފުކުރުން |
31 އޯގަސްޓު 2022 |
ހެނދުނު 10:00 |
މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ |
2 |
އަންދާސީހިސާބު ހުށަހެޅުން |
7 ސެޕްޓެންބަރު 2022 |
ހެނދުނު 10:00 |
މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ.
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.