މަސައްކަތް
ނަންބަރު: MWSC-61/ADV/2014/102
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:48
ސުންގަޑި: 26 އޮކްޓޫބަރު 2014 16:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް ފަރުނީޗަރު ހަދައި އިންސްޓޯލްކޮށްދިނުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފެން ބިލްޑިންގ 5 އަދި 6 ވަނަ ފަަންގިފިލާގެ އޮފީސް ފަރުނީޗަރު ހަދައި އިންސްޓޯލްކޮށްދިނުން

އެމް.ޑަބްލިޔޫ.އެސް.ސީ އިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ފެން ބިލްޑިންގގެ 5 އަދި 6 ވަނަ ފަންގިފިލާގެ އޮފީސް ފަރުނީޗަރު ހަދައި އިންސްޓޯލްކޮށްދޭނެެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 300.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 21 އޮކްޓޫބަރު 2014 އިން 26 އޮކްޓޫބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 04:00 އަށް އެމް.ޑަބްލިޔޫ.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 28 އޮކްޓޫބަރު 2014 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ. ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ނޮވެންބަރު 2014 ވަނަ ދުވަހުގެ 11:30 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 16 ނޮވެންބަރު 2014 ވަނަ ދުވަހުގެ 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/5000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.  ބިޑް އެވޯޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯޑްކުރެވޭތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

20 އޮކްޓޫބަރު 2014