ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2022/79
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 30 އޮގަސްޓް 2022 23:59
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ރަށުގެ މަގުތަކާއި ގޯޅިތަކުގައި ގަވާއިދާ ޚިލާފަށް ތަކެތި ބެހެއްޓުމާއި، ގޯތި ތެރެއާއި މަގުތަކުގައި ހައްދާފައިވާ ގަސްތަކުގެ ސަބަބުން ބަލިމީހުން އުފުލުމަށާއި، ބަލިމީހުން ކައިރިއަށް ވިޒިޓްކުރުމަށް އެމްބިއުލާންސްގައި ދަތުރުކުރުމަށް އުނދަގޫވުމުގެ ޝަކުވާ މިއިދާރާއަށް ވަނީ ލިބިފައެވެ.

ވީމާ، މިއަދުން ފެށިގެން 07 (ހަތެއް) ދުވަސް ތެރޭގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އެ ތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މަގަށްވާގޮތަށް ހުރިގަސްތަކުގެ ގޮފިތައް 09 ފޫޓްގެ ތިރިޔަށް ހުރިނަމަ، ގަސްތައް ކޮށުމަށްވެސް އަންގަމެވެ. މި މުއްދަތުގެ ތެރޭގައި މި އެންގުމާއި އެއްގޮތަށް ޢަމަލުނުކުރާނަމަ، މިއިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން އެ މަސައްކަތް ކުރެވޭނެ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 އޮގަސްޓް 2022