މަސައްކަތް
ނަންބަރު: (IUL)438-PRCU/1/2014/69
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:46
ސުންގަޑި: 27 އޮކްޓޫބަރު 2014 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެއަރކޮންޑިޝަނިންގ ސިސްޓަމް ސަޕްލައިކޮށް އަދި ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީއަށް ވާރކިން ސްޕޭސްގެ ގޮތުގައި ލިބިފައިވާ ގޯޑައުން އިމާރާތުގެ 1ވަނަ 2 ވަނަ އަދި 3 ވަނަ ފްލޯގައި މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް، އެއަރކޮންޑިޝަނިންގ ސިސްޓަމް (އިންވާޓާރ ޓައިޕް) ސަޕްލައިކޮށް އަދި ބަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)438-PRCU/1/2014/59)ފ(2 އޮކްޓޫބަރު 2014) އާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތު ޝީޓު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މި މިނިސްޓްރީގެ ނަންބަރު 3018337/3018320 އާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ 1 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

20 އޮކްޓޫބަރު 2014