ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2022/34
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:28
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫ ހުޅަނގުފަރާތު ގޮނޑޮދޮށަށް ލައްގާފައިވާ ފައިބަރު ބޯޓަކާގުޅޭ

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ

     ވޭމަންޑޫ

    ދިވެހިރާއްޖެ                        ނަންބަރު: (IUL)392-ADM/392/2022/34

 

އިޢުލާން

 

              ވޭމަންޑޫ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅަނގުފަރާތު ފަޅުގައި އަޅާފައިވާ ފައިބަރު ބޯޓެއް ވައުކަނޑައިގެން ގޮސް މިރަށު ހުޅަނގު ފަރާތު ގޮނޑުދޮށަށްވަނީ ލައްގާފައެވެ. ވީމާ މި ބޯޓުގެ  ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ. މިބޯޓުގެ ވެރިފަރާތެއްވާނަމަ މިކައުންސިލަށް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.

                  މި ބޯޓް މިތަނުގައި މިގޮތަށް އޮވެއްޖެނަމަ އެސަރަޙައްދުގެ ތިމާވެއްޓަށާއި އަދި ރަށުގެ ގޮނޑުދޮށަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ކައުންސިލުން ދެކޭތީވެ، އަދި މި ސަރަހައްދަކީ ރަށުގެ އޮޑި ދޯނިފަހަރު އެހެލުމާއި އަދި އޮޑިއެއް ބަނުމުގެ މަސައްކަތް ކުރާ ސަރަޙައްދެއްކަމުން، މިދެންނެވި ބޯޓް އެސަރަޙައްދަށް ލައްގާފައި އޮތުމުގެ ސަބަބުން، މި ސަރަޙައްދުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ދަތި އުނދަގޫތަކެއްވެގެންދާނެކަމަށްވެސް ކައުންސިލުން ދެކެމެވެ.

              މި މުއްދަތުގެތެރޭ ބޯޓުގެ ވެރިފަރާތެއް ވާކަން މިއިދާރާއަށް ނާންގަވައިފިނަމަ ވެރިފަރާތެއް ނެތް އުޅަނދެއް ކަމަށްބަލައި، ޤަވާޢިދު ނަންބަރު 2013/R-1885 (ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު ތ. ވޭމަންޑޫ) ވާގޮތުގެމަތިން ބޯޓާމެދު ޢަމަލުކުރެވޭނެ ކަމުގައި އާންމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

 

              25 މުޙައްރަމް 1444

              23 އޮގަސްޓް 2022

23 އޮގަސްޓް 2022