ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2022/126
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 29 އޮގަސްޓް 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މަސްކެނޑުމުގެ 02 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މަސްމާރުކޭޓުގެ 02 ޖާގައިގައި ރަޖިސްޓްރީ ވެގެން މަސްކެނޑުމުގެ ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން އިޢުލާން ކުރެވޭ 02 ޖާގައަކީ "ޖާގަ 1" އަދި "ޖާގަ 5" އެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން "ކުޅުދުއްފުށި މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިދެޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު 02 ވުރެން އިތުރުވެއްޖެނަމަ ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.

މަސްކަނޑާ އަށިތައް ދޫކުރުމާ ގުޅޭ އިތުރު މައުލޫމާތު މިއިދާރާގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ "ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލު" އިން ލިބިލައްވާނެވެ. ތިރީގައިވާ ލިކުން ފޯމާއި އުސޫލް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 އޮގަސްޓް 2022