މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2022/87
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 18:05
ސުންގަޑި: 01 ސެޕްޓެންބަރު 2022 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގާ ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމުގައި ހަލާކުވެފައި ހުރި އޭސީތައް ނެގުމާއި އަމިއްލަ ތަކެތީގައި ރަންނަބަނޑޭރިމާލަމުގައި އޭސީ ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީގެ ދަށުން ހިންގާ ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމުގައި ހަލާކުވެފައި ހުރި އޭސީތައް ނެގުމާއި އަމިއްލަ ތަކެތީގައި ރަންނަބަނޑޭރިމާލަމުގައި އޭސީ ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އަދި އިންސްޕެކްޝަން އޮންނާނީ 28 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ ހެދުނު 11:00ގައި ދަރުބާރުގެ ރަންނަބަނޑޭރިމާލަމުގައެވެ. އަދި ބީލަން ހުށަހެޅުމަށް ފުރުސަތުދެވޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޔެވެ. 

އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  31 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީމެއިލް ކޮށްދެއްވުން އެދެމެވެ.

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

22 އޮގަސްޓް 2022