މަސައްކަތް
ނަންބަރު: (IUL)38-AD/38/2022/254
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:56
ސުންގަޑި: 04 ސެޕްޓެންބަރު 2022 10:30
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ޑޮކިއުމަންޓްސް އާކައިވް ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 (IUL)38-AD/38/2022/254 :ނަންބަރު 

 

 

އިޢުލާނު

ޑޮކިއުމަންޓްސް އާކައިވް ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި ކޮމިޝަނަށް ޑޮކިއުމަންޓްސް އާކައިވް ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 ޖޫން 23 ވީ ބުރާސްފަތި ދުވަހު ކުރެވުނު ނަންބަރު (IUL)38-AD/38/2022/192 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުކަމަށް ފެންނާތީ ބީލަންތައް ބާޠިލުކޮށް، މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 2022 ސެޕްޓެންބަރު 04 ވާ އާދީއްތަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 ސެޕްޓެންބަރު 01 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު
ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

 

 

22 އޮގަސްޓް 2022