ދިވެހިރާއްޖެ
ނަންބަރު: (IUL)ASMH-Procure/ASMH/2022/50
އިޢުލާން
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް އައިޓީ ސާމާނު ހޯދުން
މިހޮސްޕިޓަލުގައި މިހާރު ބޭނުންކުރަމުންދާ ސަރވަރ އާއި، ކޮމްޕިއުޓަރ ނެޓްވާރކް ރައްކާތެރިކޮށް ބެލެހެއްޓުމާއި އޮފީހުގެ ބޭނުންތަކާއި ގުޅޭ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ހޯދަންބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ބިޑްކޮމެޓީއިން ނިންމާފައިވާތީ، އިޢުލާން (IUL)ASMH-Procure/ASMH/2022/26 އާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތައް ބާތިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އެހެންކަމުން މިހޮސްޕިޓަލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިން ވަނަފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ރަޖިސްޓަރ ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 23 އޮގަސްޓް 2022 އިން 30 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންނެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން: 30 އޮގަސްޓް 2022 ، މެންދުރު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށް އަދި 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.
އަންދާސީ ހިސާބް ހުށަހެޅުން: 31 އޮގަސްޓް 2022 ، ހެނދުނު 11:00 އަށް
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)
22 އޮގަސްޓް 2022
ޢަބްދުލް ޢަޒީޒް ރިފާޢު
ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ