މަސައްކަތް
ނަންބަރު: A/IUL/344/2022/54
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 01 ސެޕްޓެންބަރު 2022 10:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކުރީގެ ހުކުރު މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް

ޢިއުލާން

                  އއ.ފެރިދޫ ކުރީގެ ހުކުރު މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2022 އޮގަސްޓް 22 ވާ ހޯމަ ދުވަހުން ފެށިގެން 2022 އޮގަސްޓް 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ކޮޕީއަކާއި، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ2022 ސެޕްޓެމްބަރު 01 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު  10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2022 އޮގަސްޓް 25 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

 

22 އޮގަސްޓް 2022