ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުސަތު
| 
 ކޭޝިއަރ  | 
 މަޤާމް:  | 
| 
 
  | 
 މަޤާމުގެ ނަންބަރ :  | 
| 
 01( އެކެއް )  | 
 ބޭނުންވާ އަދަދު:  | 
| 
 ވަގުތީ (1 އަހަރު)  | 
 މަޤާމުގެ ގިންތި:  | 
| 
 ޖީ. އެސް 3  | 
 މަޤާމުގެ ރޭންކް:  | 
| 
 އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
| 
 (ފ.މަގޫދޫ ރައްޔިތުންގެ ފިހާރަ) ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ  | 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
| 
 މުނިސިޕަލް ސާރވިސް  | 
 ސެކްޝަން  | 
| 
 2300.00 ރުފިޔާ  | 
 މުސާރަ:  | 
| 
 2820.00 ރުފިޔާ  | 
 ހާޒިރީ އެލަވަންސް  | 
  | 
 އެހެނިހެން އެލަވެންސް  | 
| 
 ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުން ނުވަތަ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކްންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 02 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއް ފެންވަރު މަޤާމެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހު އުޅޭ ތަޖްރިބާ ލިބިފައިވުން، ނުވަތަ މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މުރާލި މީހެއްކަމުގައިވުން.  | 
 މަޤާމުގެ ޝަރުތުތައް:  | 
| 
 މަޤާމުގެ މަސައްކަތު ދާއިރާތައް: އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް އިންފޮމޭޝަން ޓެކްނޮލޮޖީ  | 
|
| 
 1- ފ.މަގޫދޫ ރައްޔިތުންގެ ފިހާރައަށް ވިއްކުމަށް ގެންނަ މުދާ ހަމަޖެހިފައިވާ ޤަވވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ވިއްކުމާއިބެހޭ މަސައްކަތް ކުރުމާއި މުދާ ބެލެހެއްޓުމާއި ކްރެޑިޓަށް ދޫކުރާ މުދަލުގެ އެންމެހޭ ކަންތައްތައް ހަމަޖެހިފައިވާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރުން. 2- ފ.މަގޫދޫ ރައްޔިތުންގެ ފިހާރައަށް ވިއްކުމަށް ގެންނަ މުދާ ޤަވައިދުން ކަސްޓަމަރުންނަށް ފެންނާނެހެން ހަރުގަނޑުތަކުގައި އެތުރުމުގެ މަސައްކަތް ކުރުމާއި، ހަރުގަނޑުތަކުގައި ހުންނަ މުދާ ދުވަހުން ދުވަހަށް ތަރުތީބުކުރަމުން ގެންދިއުން އަދި ހަރުގަނޑުތަކުން ހުސްވާ މުދާ އަލުން ހަރުގަނޑުތަކުގައި ޖެހުމުގެ މަސައްކަތް ކުރުން. 3- ފ.މަގޫދޫ ރައްޔިތުންގެ ފިހާރައަށް ވވިޔަފާރިކުރުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ކަސްޓަމަރުންނާއި ހިތްހެޔޮކަމާއެކު މުޢާމަލާތްކުރުން. 4- ފ.މަގޫދޫ ރައްޔިތުންގެ ފިހާރައިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ބިލްތަކާއި ކޯޓޭޝަން ފަދަ ތަކެތި ފިހާރަ ހިންގުމަށް އިސްކޮށް ހުންނަ ފަރާތަކުން އަންގަވާ ގޮތެއްގެ މަތިން ކުރުން. 5- ފ.މަގޫދޫ ރައްޔިތުންގެ ފިހާރައަށް ގެނެވޭ ހުރިހާ މުދަލެއް ފިހާރައިގައި ޤާއިމްކޮށްފައިވާ ޕޮއިންޓް އޮފް ސޭލް ސިސްޓަމަށް އެންޓަރކޮށް މުދަލުގެ އަގު ޖެހުމުގެ މަސަައްކަތް އަދި ސްޓޮކް ބެލެހެއްޓުމުގެ މަސަައްކަތް ކުރުން. 6- ފ.މަގޫދޫ ރައްޔިތުންގެ ފިހާރައިގެ މުދަލަށް (ގުދަން ގުދަނާއި ފިހާރައިގެ އެތެރޭގައި ހުރި) ވަމުންދާ ގޮތް ބަލައި ހަލާކުވެދިއުމަށް އެއްވެސް މުދަލެް ދޫކޮށްނުލައި މުދާ ރަނގަޅަށް ބެލެހެއްޓުން. އަދި ހުސްވާ މުދާ ފާހަގަކުރުމާއި އިތުރަށް ގެންނަން ބޭނުންވާ މުދާ ފާހަގަކޮށް ލިސްޓްކުރަމުން ގެންދިއުން. އަދި މުދަލުގެ މުއްދަތު ހަމަވޭތޯ ދޭތެރެދޭތެރެއިން ބަލާ ޗެކުކޮށް މުއްދަތު ހަމަވާ މުދަލާއި ހަލާކުވާ މުދާ ލިސްޓްކޮށް ފިހާރައާއި އިސްކޮށް ހަވާލުވެ ހުންނަވާ ފަރާތަކާއި ހަވާލުކުރުން. 7- ފ.މަގޫދޫ ރައްޔިތުންގެ ފިހާރައަށް ގެންނަ މުދާ ކޮންމެ މުދަލެއްވެސް ފިހާރައިގައި ބަހައްޓަންވާނީ މުދާ ވިއްކާ އަގު ޖަހާފައެވެ. އަދި މުދާ ގެންދާ މީހާ، މުދާ ރަގަނޅަށް ބެލުމަށްފަހު މުދާ ގެންދިއުމަށް ބާރުއަޅަންވާނެއެވެ. ގަނެގެން ގެންދާ މުދަލެއް ބަދަލުކުރުމަށް އަނބުރާ ގެނެސްފިނަމަ، އެމުދަލަކަށް ވެފައިވާގޮތް ރަނގަޅަށް ބެލުމަށްފަހު ކަމުގެ ޒާތާއި ވަގުތާއި ޙާލަތަށް ބަލައި އެކަށީގެންވާ ގޮތެއްގައި އެމުދާ ބަދަލުކުރެވެން އޮތްނަމަ، ފިހާރައިގެ ވިޔަފާރި ކުރުމަށް އިސްކޮށް ހުންނަ ފަރާތުގެ މަސްވަރާގެ މަތިން އެމުދަލެއް ބަދަލުކޮށްދިނުމަކީ އެންމެ ރަނގަޅު ކަމެކެވެ. 8- މީގެ އިތުރުންވެސް ފިހާރައިގެ މަސައްކަތާއި ގުޅޭގޮތުން ކުރަންޖެހޭ، ކުރެވޭ ކޮންމެ ކަމެއްގައިވެސް ފުރިހަމައަށް ބައިވެރިވުން. 9- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. 10- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.  | 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
| 
 01- ފުރިހަމަ ކޮށްފައިވާ ފ.މަގޫދޫ ރައްޔިތުންގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މަގޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.) 02- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 03- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް 04- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން 05- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 06- މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ 
 (ހ)- ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ށ)- އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން (ނ)- އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް  | 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
  | 
 ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތަށް  | 
| 
 މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަންކުރެވޭނީ ލިބުނު ޕޮެއިންޓްގެ ޖުމަލް %50 (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތެވެ.  | 
 
  | 
| 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮގަސްޓް 2022 ގެ 14:00 ގެ ކުރިން، ފ.މަގޫދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
| 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
 ޝޯޓް ލިސްޓްކުރުން: 
  | 
| 
 މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 31 އޮގަސްޓް 2022 ން 3 ސެޕްޓެންބަރު 2022 އާ ދެމެދު، ފ.މަގޫދޫ ކައުންސިލްގެ އިދާރާގައެވެ.  | 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
| 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަސް ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމު ކުރުން  | 
  | 
 އެހެނިހެން ކަންތައްތައް  | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740014 އަށެވެ. އީ-މެއިލް ކުރާނީ :[email protected] އަށެވެ. ސިވިލްސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުޞޫލްތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސާވިސް ކޮމިސަނުގެ ވެބްސައިޓްގެ ޑައުންލޯޑުސްގެ "އައްޔަންކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) ން ލިބެން ހުންނާނެއެވެ.  | 
 އިތުރު މަޢުލޫމާތު ހޯދުން  | 
| 
 24 މުޙައްރަމް 1444 22 އޮގަސްޓް 2022  | 
|