ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)303-AS/303/2022/40
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 05 ސެޕްޓެންބަރު 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ޓުއަރިޒަމް އެކްސްޕޯ 2022 އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ މަޢުރަޒާއި ގުޅޭ

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ

 

(IUL)303-AS/303/2022/40 :ނަންބަރު

އިޢުލާން

ރ.ޓުއަރިޒަމް އެކްސްޕޯ 2022 އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ މަޢުރަޒާއި ގުޅޭ

               10 ސެޕްޓެމްބަރ 2022 ގައި ރ. އަތޮޅު ކައުންސިލްގެ ފަރާތުން ރ. އަނގޮޅިތީމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓުއަރިޒަމް އެކްސްޕޯ 2022 އަތްތެރި މަސައްކަތާއި އަތު މަސައްކަތުގެ މަޢުރަޒްގައި ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މަޢުރަޒުގައި ބައިވެރިކުރާ ތަކެތި އަނގޮޅިތީމަށް ގެންދިއުމާއި އެތަކެތި ވިއްކައިދިނުން އަދި ނުވިކި ހުންނަ ތަކެތި އަނބުރާ ރަށަށްގެނެސް ތަކެތި އުފެއްދި ފަރާތާއި ޙަވާލުކުރުމުގެ މަސައްކަތް މިކައުންސިލުން ކުރިއަށްގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި ވިކުނުތަކެތީގެ ފައިސާ ވެރިފަރާތާއި ހަވާލުކުރާނެ ވާހަކަ ދަންނަވަމެވެ.

               ވީމާ، މަޢުރަޒުގައި ތަކެތި ބައިވެރިކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 05 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިކުރަން ބޭނުންވާ ތަކެތި ކައުންސިލާއި ހަވާލުކުރެއްވުން އެދެމެވެ.

               މިއިޢުލާނާއި އެކު ޓުއަރިޒަމް އެކްސްޕޯ 2022 އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ އުޞޫލާއި ބައިވެރިވުމަށް އެދޭ ފޯމް އާއްމުކުރި ވާހަކަ ދަންނަވަމެވެ. މިއުސޫލުގައި މައުރަޒުގައި ހޮވޭނެ ވަނަތަކާއި އިނާމުގެ ތަފްސީލް ބަޔާންކުރެވިފައިވާނެއެވެ. މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.   

21 އޮގަސްޓް 2022