ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-ED/266/2022/124
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 24 އޮގަސްޓް 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ކުޅުދުއްފުށީގެ މަސައްކަތްތެރިން، ފަންނުވެރިން އަދި އާންމު އެންމެހާ ފަރާތްތަކަށް އާމާޒުކޮށްގެން މަސައްކަތްތެރިކަމާ ގުޅުންހުރި ވިޔާފާރިއެއް ފަށާނެ ނުވަތަ ފުޅާ ކުރާނެ ގޮތާއި، ވިޔަފާރިއެއް ފެށުމުގައި ގެންގުޅެވިދާނެ އިޖާދީ ވިސްނުންތައް، ސަގާފީ އަދި ފަންނުވެރި މަސައްކަތްތަކާ ގުޅުވައިގެން ވިޔަފާރިއެއް ކުރެވިދާނެ ގޮތްތަކާ ގުޅޭ ސެޝަންއެއް، 24 އޯގަސްޓް 2022 ވަނަ ދުވަހު 20:30 އިން 22:00 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަން ނަންގަވައިދެއްވާނީ ކަސަބު ގެތުމާއި، ކަސަބާއި ގުޅޭ ތަފާތު އެކި އުފެއްދުންތައް އުފައްދައި، މާރކެޓްކޮށް، މިދާއިރާއިން މީހުން ތަމްރީންކުރުމުގެ އިތުރުން ކާމިޔާބު ވިޔަފާރިއެއް ހިންގާ ފަރާތެއްކަމުގައިވާ "ކަސަބު ބައި ހިދާ"ގެ ފައުންޑަރ ހިދާނާ ލަތީފެވެ.

މި ސެޝަންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ އޮންލައިން ފޯރމް މެދުވެރިކޮށް ނުވަތަ މިއިދާރާގެ ނަންބަރަށް 6527165 ގުޅައި 24 އޯގަސްޓް 2022 ވަނަ ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

 

https://forms.gle/G5axZwgnDMniVdYL7

21 އޮގަސްޓް 2022