ވަޒީފާގެ ފުރުޞަތު
ނަންބަރު: (A)AA-2014/421
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 17:58
ސުންގަޑި: 26 އޮކްޓޫބަރު 2014 15:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ މީޑިއާ އޮފިސަރ (އެމް.އެސް 1)

މަޤާމު:

ސީނިއަރ މީޑިއާ އޮފިސަރ (އެމް.އެސް 1)

ބޭނުންވާ އަދަދު:

01  (އެކެއް)

ސެކްޝަން:

މީޑިއާ ސަރވިސް ޔުނިޓް

ބޭސިކް މުސާރަ:

މަހަކު 5610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000.00 (ދެހާސް ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޟިރުވާ ދުވަސްތަކަށެވެ.)

ލިވިންގ އެލަވަންސް:

މަހަކު 3000.00 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (5 އަހަރުގެ މުއްދަތަށް)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައި ވެސް މަސައްކަތް ކުރަން ޖެހިއްޖެނަމަ މަސައްކަތް ކުރާ ގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  1. މީޑިއާގެ ދާއިރާއަކުން ނުވަތަ މީޑިއާގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 06 (ހައެއް) މަސް ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މީޑިއާގެ ދާއިރާއަކުން ނުވަތަ މީޑިއާގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 01 (އެކެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. ދިވެހިބަހާއި، އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ޤާބިލްކަން ހުރުން.
  4. ޢުމުރުން  50 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  5. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  6. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

ސީނިއަރ މީޑިއާ އޮފިސަރގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، މީޑިއާ އޮފިސަރގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނެގޭނެއެވެ.

މަޤާމު:

މީޑިއާ އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ އަދަދު:

01 (އެކެއް)

ސެކްޝަން:

މީޑިއާ ސަރވިސް ޔުނިޓް

ބޭސިކް މުސާރަ:

މަހަކު 4465.00 (ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500.00 (އެއްހާސް ފަސްސަތޭކަ ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

ލިވިންގ އެލަވަންސް:

މަހަކު 3000.00 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (5 އަހަރުގެ މުއްދަތަށް)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައި ވެސް މަސައްކަތް ކުރަން ޖެހިއްޖެނަމަ މަސައްކަތް ކުރާ ގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 6 މަސްދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ޖީ.ސީ.އީ އޭލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
  3. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުއާމަލާތް ކުރުމުގެ ޤާބިލުކަން ހުރުން.
  4. މައިކްރޯސޮފްޓް އޮފީސް ޕްރޮގުރާމުތައް ބޭނުންކުރަން އެނގުން.
  5. ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
  6. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  7. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ނޫސް ބަޔާންތައް ޑްރާފްޓްކޮށް ނޫސް ކޮންފަރެންސްތައް އިންތިޒާމު ކުރުން.

- ކޮމިޝަނުން ބާއްވާ އެކިއެކި އިވެންޓްތަކުގެ ކަވަރެޖް ހަދައި ބެލެހެއްޓުން.

- އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކާއި އެނޫންވެސް ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މީޑިއާތައް އަދި އެނޫންވެސް ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުން.

- އިލެކްޝަންސް ކޮމިޝަނުގެ ސްޓޭކް ހޯލްޑަރުންނަށް އެންމެ ފުރިހަމަ ގޮތުގައި މަޢުލޫމާތު ދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި ކުރެވެމުން އަންނަ މުހިންމު މަސައްކަތްތަކާއި ކޮމިޝަނުން ބޭރުގައިވެސް ކޮމިޝަނާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ދާނަމަ މި ކަންކަމާ ބެހޭ މަޢުލޫމާތުތައް ހޯދައި މެންބަރުންނާ ހިއްސާކޮށް މީޑިޔާއަށް ދިނުން.

- މީޑިއާތަކުންނާއި އާންމު ފަރާތްތަކުން ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބުދާރީވުން.

- މީޑިއާތަކުން ކޮމިޝަނާ ގުޅޭ ގޮތުން ގެނެސްދޭ ޚަބަރުތައް ދިރާސާކޮށް ކަމާގުޅޭ މައުލޫމާތު މެންބަރުން އަދި ވެރިންނާއި ހިއްސާކުރުން.

- ކޮމިޝަނުން މީޑިއާގައި ޢާންމުކުރަން ބޭނުންވާ އިއުލާންތައް އާންމުކުރުމާއި އެކަމާގުޅޭކަންކަން ބެލެހެއްޓުން.

- ކޮމިޝަންގެ ވެބްސައިޓުގައި ހުންނަންޖެހޭ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި، ކޮމިޝަންގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން

- ކޮމިޝަނުގެ ފޭސްބުކް އަދި ޓްވިޓަރ އެކައުންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން

- އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ މީޑިއާ ޔުނިޓްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. (އިދާރީ މަސައްކަތްތައް)

- ޔުނިޓުގެ ބަޖެޓް ތައްޔާރު ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓު ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާ ގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭ ގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓު ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މިކޮމިޝަނުގެ ނަންބަރު (A)AA-2014/398 (16 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ފޯމު ހުށަހަޅާފައިނުވާތީ، އަލުން އެ މަޤާމަށް އިޢުލާނު ކުރަމެވެ.

18 ޛުލްޙިއްޖާ  1435

12 އޮކްޓޫބަރު 2014