މަސައްކަތް
ނަންބަރު: (IUL)330-B/330/2022/57
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 28 އޮގަސްޓް 2022 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Ijthimaae sarahadhu kunikahaa saafkuraane faraathei hoadhun

މިއިދާރާގެ ނަމްބަރު: (IUL)330-B/330/2022/ 53 (17 ޖުލައި 2022)ގެ އިޢުލާނާއި ގުޅިގެން، ޙުށަހަޅާފައިވާ އެސްޓިމޭޓްތައް ބާޠިލްކޮށް،އަލުން އެފުރުޞަތު ހުޅުވާލަމެވެ.

      ވީމާ އެއްބަސް ވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން،31 ޑިސެމްބަރު 2023 ގެ ނިޔަލަށް މިރަށުގެ އިޖުތިމާޢީ  ސަރަހައްދު ތަކުގެ ތެރެއިން، ''ދެކުނުއަވަށު ތުނޑީމަގުން ބަޔަކާއި، އަދި ދެބަކަރިކޮށި ދޭތެރެއިން ރަށްހުރަހަށް އަތިރިއަށް ކަނޑާލާފައިވާމަގާއި، ބީޗުހިމެނޭ ސަރަހައްދު'' (މިއިދާރާއިން ކަނޑައަޅާ އުޞޫލު ތަކަކާއި އެއްގޮތްވާ ގޮތުގެމަތިން) ކުނިކަހާ ސާފުކޮށްދޭން ބޭނުންވާ ފަރާތްތަކުން، 24 އޯގަސްޓު 2022ވާ ބުދަ ދުވަހުގެ،13:00އަށް މިއިދާރާއަށް ދުރުވެ، މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 28 އޯގަސްޓު 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑީފަހުން  ހުށަހަޅުއްވާ އެސްޓިމޭޓް ތަކާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ އެސްޓިމޭޓް ތައް ބާޠިލް ކުރެވޭނެއެވެ. އެސްޓިމޭޓް ހުށަހެޅުއްވުމަށް ވެރިފަރާތްނޫން އެހެންފަރާތަކާ ޙަވާލު ކުރައްވާފަ ފޮނުއްވާނަމަ، އެކަން ބަޔާން ކޮށްފައިވާ އެސްޓިމޭޓްގެ ވެރިފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.

21 އޮގަސްޓް 2022