ދިވެހިރާއްޖެ
އިޢުލާން |
ވަޒީފާގެ ފުރުސަތު |
މަޤާމު: ރޭންކް: |
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ އެމް.އެސް 2 |
ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
އޮފީސް / އިދާރާ: ޔުނިޓް: |
ހިންނަވަރު ކައުންސިލް އިދާރާ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް |
ވަޒީފާއަދާކުރަން ޖެހޭ ތަން: މުސާރަ: |
ހިންނަވަރު ކައުންސިލް އިދާރާ 6,295.00 ރުފިޔާ |
ސަރވިސް އެލެވަންސް: |
2,000.00ރުފިޔާ |
ބޭނުންވާ ޢަދަދު: |
01 |
މަގާމުގެ ޝަރުތުތައް: |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކައުންސިލަށް އާމްދަނީ އިތުރުކުރުމަށްޓަކައި ލިބިފައިވާ ވަޞީލަތްތައް ކައުންސިލަށް އެންމެ ފައިދާހުރި އެންމެ އެފިޝެންޓްކޮށް މެނޭޖްކޮށް ބޭނުންކުރުން. 2- ކައުންސިލަށް ލިބިފައިވާ ވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކުރެވޭނެ އެންމެ ރަނގަޅު އެންމެ ފަސޭހަގޮތްތައް ދެނެގަނެ، ކައުންސިލް އިދާރާގެ ބިޒްނަސް ޕްލޭން އެކުލަވާލުމާ ރިވައިޒްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. 3- ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމާ އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 4- ކައުންސިލްއަށް ލިބޭ ޢާމްދަނީ ހިސާބުކުރުމާ ލިބެންޖެހޭ އާމްދަނީ ހޯދުމަށް މަސައްކަތްކުރުމާ، އާމްދަނީ ހޯދުމަށް ބޭނުންވާ ޙަރަކާތްތައް ރާވައި ހިންގުން. 5- ކައުންސިލްގެ ވަސީލަތްތައް، އެކުލަވާލެވިފައިވާ ބިޒިނަސް ޕްލޭނާ އެއްގޮތަށް ބޭނުންކުރެވެމުންދޭތޯ ކަށަވަރުކުރުމާ އެކަން އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ކައުންސިލްގެ މަޝްވަރާގެ މަތިން ގެނައުން. 6- ރަށުގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތުގެ އަލީގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. 7- ރަށުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ތަރައްޤީ ޕްލޭނާއި އަހަރީ މަސައްކަތު ތާވަލުގައި ހިމެނުމަށްޓަކައި ބޭނުންވާ ކޮންސަލްޓެންސީ ކަމާބެހޭ މުވައްޒަފުންނަށްދީ ޢަމަލީގޮތުން ޙަރަކާތްތެރިވުން. 8- ކައުންސިލް އިދާރާގެ މުދަލާއި ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 9- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަން ކުއްޔަށް ދޫކުރުމާއި އެތަންތާނގެ ރަޖިސްޓަރީ ބެލެހެއްޓުމާ އެތަންތަނަށް އާމްދަނީ ލިބޭނެ އިތުރުގޮތްތައް ބަލައި އެކަންކަމަށް މަސައްކަތްކުރުން. 10- ކައުންސިލް އިދާރާއާ އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަން މަރާމާތުކުރުމާ އެތަންތަން ބެލެހެއްޓުމާއި އެކަންކަމާއިބެހޭ މަސައްކަތް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ތަޢުލީމާއި ތަމްރީނު 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި ތަޖުރިބާ |
އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު: |
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: |
26 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިންނަވަރު ކައުންސިލް އިދާރާއަށް |
އުޖޫރައާއި އިނާޔަތްތައް: |
ސިވިލް ސަރވިސް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6620301) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6620301) އެވެ.އީ މެއިލް ކުރައްވާނީ ([email protected]) އަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޛުލްޙިއްޖާ 1435