ދިވެހިރާއްޖެ
މ. މުލިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން 5 އަހަރުދުވަސް ހަމަވެ، ގޯތީގައި ދިރިއުޅުމަށްޓަކައި އެދެވިންގެންވާ ޢަމަލީ މަސައްކަތެއް ނުކޮށްހުރި ގިނަ ގޯތިތަކެއް ހުރިކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް އެއްވެސް އަޅާލުމެއްނެތި ހުންނަ ފަޅުގޯތި ތަކުގެ ސަބަބުން ބޮޑެތި އިޖުތިމާޢީ މައްސަލަތަށް ފެންމަތިވާކަން ކައުންސިލަށް ފާހަގަކުރެވެއެވެ.
ވީމާ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ވަށާފާރު ރާނާފައިނުވާ ފަރާތްތަކުން މިއަދުން ފެށިގެން މީލާދީ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ގޯތީގެ ވަށާފާރު ރޭނުމަށް ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި ގޯތީގެ ވަށާފާރު ރާނާ ނުނިންމާހުރި ގޯތިތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) ގެ 14 ވަނަ މާއްދާގެ ދަށުން އެގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން ވަކިކުރެވިގެންދާނެކަމުގައި ދަންނަވަމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.