ޢާންމު މަޢުލޫމާތު
ނަންބަރު: M2C-A/2022/02
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:51
ބަނޑިދޫ މެޖިސްޓްރޭޓް ކޯޓު، ދ.ބަނޑިދޫ
ދިވެހިރާއްޖެ
ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކުގައި ކައިވެނި ކުރާ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ޢާއްމުކުރުން

ޤަވާއިދު ނަންބަރު 99-އާރު/2022 (ޢާއިލާއާބެހޭ ޤަވާއިދު) ގެ 6 ވަނަ މާއްދާގެ (ށ) އާއި 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުން އެކުލަވާލާފައިވާ "ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކުގައި ކައިވެނި ކުރާ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" މިއަދު (21 އޮގަސްޓް 2022) ޢާއްމުކުރަމެވެ.

ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

21 އޮގަސްޓް 2022

21 އޮގަސްޓް 2022