ނީލަން
ނަންބަރު: (IUL)354/354/2022/24
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 24 އޮގަސްޓް 2022 10:00
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާގެ މަސައްކަތްކުރުމަށް ނަގާފައިވާ ރުއްތައް ނީލަން ކިޔުން

އދ.ދިއްދޫގެ ނަރުދަމާގެ މަސައްކަތްކުރުމަށް ރަށުގެ އެކި ސަރަޙައްދުތަކުން ނަގާފައި ހުރި ރައްޔިތުންގެ ރުއްތަކުގެ ނީލަންކިޔުން 2022 އޮގަސްޓް 24 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އެ ސަރަޙައްދުތަކުގައި އޮންނާނެއެވެ. ކޮންމެ ރުކެއްގެ ނީލަން ފެށޭނީ -/50 ރުފިޔާއިންނެވެ. އަދި ކޮންމެ ފަހަރަކަށް އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު  -/5 (ފަހެއް) ރުފިޔާއެވެ.

       ނީލަމުން ރުއްތައް ނަންގަވާ ފަރާތްތަކުން ރަށުކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، ރުއްތައް ނަގައި 4 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ތަން ސާފުކުރަން ވާނެއެވެ.

       ވީމާ، މިނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

21 އޮގަސްޓް 2022