ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން: |
ލީގަލް އޮފިސަރ |
ރޭންކް: |
MS2/B |
ސެކްޝަން/ޑިޕާޓްމަންޓް |
ލެޖިސްލޭޓިވް އެފެއަރޒް ޑިޕާޓްމަންޓް- ކޮމިޓީ އެންޑް ރިސާޗް ސެކްޝަން |
ބޭނުންވާ އަދަދު: |
1 |
ތަޢްލީމާއި ތަޖްރިބާ: |
|
މަޤާމްގެ މަސްއޫލިއްޔަތު: |
- ރައްޔިތުންގެ މަޖިލީހަށް ހުށެހެޅޭ ބިލްތަކާއި މައްސަލަތަކާއި، އިދާރާއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި ކޮމިޓީތަކުގެ އެންމެހާ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރުން އަދި މި ނޫންވެސް ސެކްޝަން/މަޖިލީހުގެ އިދާރާގައި ކުރުމަށް ޙަވާލުކުރެވޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން . - އެ މުވައްޒަފަކާ ހަވާލުކުރެވިފައިވާ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްކުރުން. - ކޮމިޓީތަކުން ދިރާސާކުރާ ބިލާ ގުޅޭގޮތުން މަޖިލީހުގައި މެންބަރުން ފާޅުކޮށްފައިވާ ޚިޔާލުތަކުގެ ތެރެއިން އެ ބިލަކާ ގުޅޭގޮތުން ފާޅުކުރެވޭ ޚިޔާލުތައް މަޢުލޫމާތު ކަރުދާހުގެ ގޮތުގައި ތައްޔާރުކޮށް އެ ކަރުދާސް ކޮމިޓީއަށް ގެންދިއުން. - ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު އެކޮމިޓީއެއްގެ ބައްދަލުވުމެއް އޮންނާނެވާހަކަ މެންބަރުންނަށް؛ އެސް.އެމް.އެސް އިން ދެންނެވުން އަދި އެކޮމިޓީގެ ބައްދަލުވުމަށް މެންބަރުން ވަޑައިގަންނަވާތޯ ބެއްލެވުމަށް ފޯނުން ގުޅުން. - ބިލު ނުވަތަ މައްސަލައަކާ ގުޅޭގޮތުން ކޮމިޓީގެ ބައްދަލުވުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުން. - މަޖިލީހުގެ ޖަލްސާއަށް ބޭނުންވާ ލިޔެކިޔުންތައް ޑްރާފްޓްކުރުން. - ކޮމިޓީގެ ބައްދަލުވުމުގައި އިދާރީގޮތުން އެހީތެރިވުން. - ކޮމިޓީގެ ބައްދަލުވުން ނިމުމުން އެބައްދަލުވުމެއްގެ ޚުލާޞާ ތައްޔާރުކުރުން. - ކޮމިޓީގެ ބައްދަލުވުން؛ ކޯރަމް ހަމަނުވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ކެންސަލްވެއްޖެނަމަ އެވާހަކަ އެސް.އެމް.އެސް އިން ނުވަތަ ފޯނުން ގުޅައިގެން މެންބަރުންނަށް ދެންނެވުން. - މަޖިލީހުގެ ކޮމިޓީތަކަށް ބޭނުންވާ އެކިއެކި ފަންނީ މަސައްކަތްކުރުން. - މަޖިލީހުގެ ކޮމިޓީތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެކިއެކި މަސައްކަތް ރާވައި، ހިންގައި ވިލަރެސްކުރުން. - ކޮމިޓީން ބިލު ދިރާސާކޮށް ފުރިހަމަކުރެއްވުމުން، އެބިލަކާގުޅޭގޮތުން މަޖިލީހަށް ހުށަހެޅޭ ރިޕޯޓާއެކު ފޮނުވުމަށްޓަކައި އެބިލެއް ދިރާސާކުރެއްވި ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުން. - ކޮމިޓީން ދިރާސާކޮށް ފުރިހަމަކުރެއްވި ބިލާއި، އެބިލު ނިންމެވިގޮތުގެ ރިޕޯޓާއި، އެބިލެއް ދިރާސާކުރެއްވި ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ ރިޕޯޓު އަދި އެބިލު އިޞްލާޙުކުރެއްވިގޮތުގެ ތާވަލު މަޖިލީހަށް ހުށަހެޅުމަށްޓަކައި ޓޭބަލް އޮފީހާ ހަވާލުކުރުން. - ކޮމިޓީތަކުގެ ލިޔެކިޔުންތައް ފައިލް ކުރުން. - ކޮމިޓީތަކާ ގުޅޭގޮތުން އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކުރުން. |
އުޖޫރަ: |
- މަހަކު -/10,750 ރުފިޔާ |
އެލަވަންސް/އިނާޔަތްތައް: |
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 100 ރުފިޔާ - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ - އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ |
ފޯމް ފޮނުވަންވީ ތާރީޚް: 21 އޮގަސްޓް 2022 އިން 31 އޮގަސްޓް 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 31 އޮގަސްޓް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް
- ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް
https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)