ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-ES1/1/2014/175
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 16:52
ސުންގަޑި: 20 އޮކްޓޫބަރު 2014 14:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ޑައިރެކްޓަރ

ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލުން

ސ.ހިތަދޫ ހޮސްޕިޓަލް ޕްރޮޖެކްޓް

ޕްރޮޖެކްޓް ނަންބަރު:1459P

ސ.ހިތަދޫގައި ޤާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލް ޤާއިމުކުރުމުގެ ޕްރޮޖެޓުގެ ދަށުން 'ޕްރޮޖެކްޓް ޑައިރެކްޓަރ' އެއް ހޯދުމަށް ވަޒީފާއަށް އިޢުލާން ކުރުން.

ސައުދީ ފަންޑް ފޯރ ޑިވެލޮޕމަންޓާއި އޮފީޑުގެ ލޯން އެހީގެ ދަށުން ސ.ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރާއި އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މި މަޝްރޫޢުގައި މަސައްކަތް ކުރުމަށް ކޮންސަލްޓެންޓް ސްޓާފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްރޮޖެކްޓް ޑައިރެކްޓަރ ކަމުގެ މަޤާމަށް ހޮވޭ ޤާބިލު މުވައްޒަފަށް ކަނޑައެޅިފައިވާ އުސޫލުން މުސާރަ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މައިގަނޑު މަގްސަދު:

މި ކޮންސަލްޓެންސީން ހާސިލުކުރަން ބޭނުންވާ މައިގަނޑު މަގްސަދަކީ، ޕްރޮޖެކްޓުގެ ދަށުން ޤާއިމު ކުރެވޭ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އެމް.ޔޫ) މެނޭޖްކުރުމާއި ޕްރޮޖެކްޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ރާވައި ހިންގުމެވެ. މީގެ އިތުރުން ޕްރޮޖެކްޓުގެ ޕްރޮގްރެސް މޮނިޓަރކޮށް ބަލަހައްޓައި ޕްރޮޖެކްޓް ކޯރޑިނޭޓްކޮށް ކުރިއަށް ގެންދިއުމުގައި ކޮންސްޓްރަކްޝަން އުސޫލާ އެއްގޮތަށް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަނިވި ގޮތަށް ކުރިއަށް ގެންދިއުމެވެ.

މުއްދަތު:

މި ކޮންސަލްޓެންސީގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. ނަމަވެސް ކޮންޓްރެކްޓް ކުރެވޭނީ ޕްރޮޖެކްޓް ކުރިއަށްދާ ގޮތާއި ވޭރިއޭޝަންތަކަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭ ގޮތަށެވެ. އަދި މި ކޮންޓްރެކްޓް ކުރެވޭ މުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފެއްގެ ގޮތުގައެވެ.

މުސާރަ: ދެ ފަރާތުން އެއްބަސްވެވޭ ހަމަޖެހޭ އުސޫލެއްގެ މަތިން ކަނޑައަޅޭ ގޮތަށް.

ފެންވަރު ނުވަތަ ޝަރުޠު:

- ޕްރޮޖެކްޓް މެނޭޖްމެންޓުން މާރސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

- މަޝްރޫއުގެ މަސައްކަތާ ގުޅުންހުރި ޕްރޮޖެކްޓުތައް މެނޭޖްކުރުމުގައި މަދުވެގެން 5 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުމާއި މީގެ އިތުރުންވެސް މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.  

- އެސް.އެފް.ޑީ / އޮފިޑް ޕްރޮކިއުމަންޓާއި ޑިސްބާރސްމަންޓް ގައިޑްލައިންސް ނުވަތަ މިފަދަ އެހެނިހެން ޑޯނަރ އެޖެންސީތަކުގެ ގައިޑްލައިންސްތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެ.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު ތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތް ކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ (އެމް.އެސް ޕްރޮޖެކްޓް، ޕަވަރ ޕޮއިންޓް، އެކްސެލް އަދި ވޯރޑް) ޕްރޮގުރާމުތައް ރަނގަޅަށް އެނގުން.

ވަޒީފާއަށް އެންމެ ޤާބިލު މީހުން ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ސަރުކާރުގެ އިސް ވެރިންނާ އަދި ޢާއްމު ފަރާތްތަކާއި މުއާމަލާތް ކުރުމުގެ ޤާބިލުކަން ހުރުން.
  • މަސައްކަތާ ގުޅުންހުރި ފަރާތްތަކާ ބައިވެރިން ކުރިއެރުވުމުގައި ވެވިފައިވާ އެއްބަސްވުންތައް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަވިނި ގޮތުގައި ތަންފީޒް ކުރުމުގެ ޤާބިލުކަން ހުރުން.

މިނިސްޓްރީ އޮފް ހައުސިންގ އެންގ އިންފްރާސްޓްރަކްޗަރގެ ފަރާތުން ޕްރޮޖެކްޓް ޑައިރެކްޓަރ / ޕްރޮޖެކްޓް އިންޖިނިއަރ ކަމުގެ މަޤާމަށް އެކަށީގެންވާ ޤާބިލު ފަރާތްތަކަށް ފުރުސަތު އަރުވަމެވެ. ޝައުޤުވެރިވާ ފަރާތްތައް 20 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 1430 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ސީ.ވީ، އައި.ޑީ ކާޑު ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާއާ ގުޅޭ އެންމެހާ ލިޔެކިއުންތައް އެޓޭޗްކޮށް ދެއްވުންއެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އަމަލުކުރާނީ އެސް.އެފް.ޑީ / އޯފިޑް ގައިޑް ލައިންސް ގައިވާ އުސޫލާ އެއްގޮތަށެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" (ޓީ.އޯ.ރ) ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.  

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329   މާލެ / ދިވެހިރާއްޖެ

ފޯން:  3004162 960  / 3004300 960

ފެކްސް: 3004301 960

އީމެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

12 އޮކްޓޫބަރު 2014