ކުއްޔަށް ހިފުން
ނަންބަރު: (IUL) 457-AIT/1/2022/35
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 19:09
ސުންގަޑި: 25 އޮގަސްޓް 2022 10:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ބޯހިމެނުމުގެ މަަސައްކަތް ހިނގަމުންދާ މައިމަރުކަޒަށް ގޮނޑިއާއި މޭޒު ކުއްޔަށް ހިފުން

 

އިޢުލާން

 

ގޮނޑިއާއި މޭޒު ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ.

 މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ބޯހިމެނުމުގެ މަސައްކަތް ހިނގަމުންދާ މަރުކަޒު (ދަރުބާރުގެ)ގައި ބޭނުންކުރުމަށްޓަކައި ތިރީގައި މިދަންވާ ތަކެތި ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

 -          364 މޭޒު އާދައިގެ ( މޭޒުމަތީގަ އަޅާ ފޮތިގަނޑާއެކު)

-          1500 ޕްލާސްޓިކް ގޮނޑި އާދައިގެ.

-          މޭޒު ކުއްޔަށް ހިފާ މުއްދަތު: 8 ސެޕްޓެމްބަރު 2022 އިން 27 ސެޕްޓެމްބަރު 2022 އަށް

-          ގޮނޑި ކުއްޔަށް ހިފާ މުއްދަތު: 11 ސެޕްޓެމްބަރު 2022 އިން 27 ސެޕްޓެމްބަރު 2022 އަށް

-          އަގު ހުށަހަޅުއްވާއިރު ކޮންމެ އައިޓަމެއް ވަކިން ދުވާލަކަށް ކުއްޔަށް ދޭ އަގު އެނގެން އޮންނަންވާނެއެވެ.

-          ބުނެފައިވާ އަދަދަށް ތަކެތި ލިބެން ނެތްނަމަ  ލިބެން ހުރި އަދަދަކަށްވެސް އަގު ހުށަހެޅިދާނެއެވެ.

 

ވީމާ، މިތަކެތި ކުއްޔަށްދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2022 އޯގަސްޓް މަހުގެ 25 ވަނަ ދުވަހުގެ 10:00 އަށް ދަރުބާރުގެ ދޮށިމޭނާލަމަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

 

މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.

18 އޮގަސްޓް 2022