މަސައްކަތް
ނަންބަރު: (IUL)AEH/AEH/2022/74
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 23 އޮގަސްޓް 2022 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން، އައްޑޫ ސިޓީ ފޭދޫގައި މެންޓަލް ހެލްތް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން، އައްޑޫ ސިޓީ ފޭދޫގައި މެންޓަލް ހެލްތް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮގަސްޓް 2022 އިން ފެށިގެން 23 އޮގަސްޓް 2022 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި އެކު މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 23 އޮގަސްޓް 2022 ވާ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 28 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

18 އޮގަސްޓް 2022