ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން: |
ސީނިއަރ ލީގަލް ކައުންސެލް |
ރޭންކް: |
EX4/B |
ސެކްޝަން/ޑިޕާޓްމަންޓް |
ލެޖިސްލޭޓިވް އެފެއަރޒް ޑިޕާޓްމަންޓް- ކޮމިޓީ އެންޑް ރިސާޗް ސެކްޝަން |
ބޭނުންވާ އަދަދު: |
1 |
ތަޢްލީމާއި ތަޖްރިބާ: |
|
މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު: |
- ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ރާވައި ހިންގުމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލްއަށް އެހީތެރިވެ ދިނުމާއި، ކޮމިޓީ އެންޑް ރިސާޗް ސެކްޝަންގެ އެންމެހާ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުއާއި ކައުންސެލް ޖެނެރަލްގެ ލަފައާ އިރުޝާދުގެ ދަށުން ރަވާއި ހިންގުމާއި، ކޮމިޓީތަކަށް ޤާނޫނީ ލަފާ އެރުވުން. |
އުޖޫރަ: |
- މަހަކު -/22400 ރުފިޔާ |
އެލަވަންސް/އިނާޔަތްތައް: |
- ލިވިންގ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 3500/- ރުފިޔާ - ޕާލިމެންޓަރީ ސަރވިސް އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ - ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް އަދި ފޯން އެލަވަންސް ލިބޭނެއެވެ.
|
ފޯމް ފޮނުވަންވީ ތާރީޚް: 21 އޮގަސްޓް 2022 އިން 31 އޮގަސްޓް 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 31 އޮގަސްޓް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް
- ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް
https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)