ނީލަން
ނަންބަރު: (IUL)232-AG/232/2014/23
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 16:30
ސުންގަޑި: 31 އޮކްޓޫބަރު 2014 16:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުވެފައިވާ ތަކެތި ނީލަން ކިޔުން

މިއިދާރާގައި ބައުވެފައިވާ ތަކެތި ނީލަން ކިޔުން 2014 އޮކްޓޫބަރު 31 ވާ ހުކުރު ދުވަހުގެ 16:00 ގައި އަތޮޅުގޭގައި އޮންނާނެއެވެ. މިނީލަމުގައި މަދުވެގެން އިތުރުކުރެވޭނީ -/5 ރުފިޔާގެ ނިސްބަތުންނެވެ. ނީލަން ނިންމާލެވޭނީ ޖެހިޖެހިގެން ތިންފަހަރު އެއްއަގެއް ކިޔުމުން، އިތުރު ފަރާތަކުން އަގެއް ހުށަނާޅާނަމަ، އެންމެފަހުން އަގު ހުށަހެޅުއްވި ފަރާތަކަށެވެ. ނީލަން ކިޔޭނީ އަނގަބަހުން ކަމުގައިވެސް ދެންނެވީމެވެ. ނީލަމުން ނަންގަވާ ތަކެތި ގެންދަވަންވާނީ ފައިސާ ދެއްކެވުމަށްފަހުގައެވެ. 03 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ، ތަކެތި ދޫނުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މިނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަތޮޅުގެއަށް ދުރުވެދެއްވުން އެދެމެވެ. ނީލަންކިއުމަށް ހަމަޖެހިފައިވާ ބާވަތްތައް މިއިޢުލާނާއެކު އެވަނީއެވެ.

19 ޛުލްޙިއްޖާ 1435

13 އޮކްޓޫބަރު 2014