ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/INDIV/2022/2
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 18 ސެޕްޓެންބަރު 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ގައްދޫގެ ބަންޑާރަ ބިމުގައިހުރި މިލްކްވެރިކަން ސާބިތުކޮށްފައިވާ އަމިއްލަ މީސްމީހުންގެ ރުއްގަސްތައް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ތެރޭގައި ކަމަށްވެފައި އެރުއްގަސްތަކުގެ ވެރިފަރާތްތަކުން ރުއްތައް ސާފުކޮށް ނުބެލެހެއްޓުމުގެ ސަބަބުން ރުއްގަސްހުރި ސަރަހައްދުތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް އުދަގޫތައްދިމާވެ ބައެއްކަހަލަ ގެއްލުންތައް ލިބެމުންދާތީވެ ޢާއްމުންގެ ޝަކުވާތައް ކައުންސިލަށް ލިބެމުންއެބަދެއެވެ. މިކަމާއި ގުޅިގެން 10 އޮގަސްޓް 2022 ވީ ބުދަދުވަހު ބޭއްވުނު ކައުންސިލުގެ 3 ވަނަދައުރުގެ 64 ވަނަ ޢާއްމުބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު ނިއްމަވާފައިވަނީ ގައްދޫގެ ބަންޑާރަ ބިމުގައި ހުރި މިލްކުވެރިކަން ސާބިތުކޮށްފައިވާ އަމިއްލަ މީސްމީހުންގެ ރުއްގަސްތައް 30 ދުވަހުގެ ތެރޭގައި އެބިންތަކުން ނެގުމަށް އެފަރާތްތަކަށް އެންގުމާއެކު 30 ދުވަހުގެ ތެރޭގައި ރުއްގަސްތައް އެބިންތަކުން ނުނަގައިފިނަމަ ރުއްގަސްތައް އެފަރާތްތަކުން ވަކިވާނެކަން ރުއްގަހުގެ ވެރިފަރާތްތަކަށް އެންގުމަށެވެ.

ވީމާ ދަންނަވަމެވެ.ގައްދޫގެ ބަންޑާރަބިމުގައި ހުރި މިލްކްވެރިކަން ސާބިތުކޮށްފައިވާ އަމިއްލަ މީސްމީހުންގެ ރުއްގަސްތައް 30 ދުވަހުގެ ތެރޭގައި އެބިންތަކުން ނަގާ ބިންސާފުކުރުމަށް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 އޮގަސްޓް 2022