ކުއްޔަށް ދިނުން
ނަންބަރު: (IUL)329/329/2022/58
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 28 އޮގަސްޓް 2022 13:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޅުވެލިފުށީ ބަނދަރު ސަރަހައްދުން ތެޔޮ ބިން ދޫކުރުން

އޮޅުވެލިފުށީ ބަނދަރު ސަރަހައްދުން ތެޔޮ ބިން ދޫކުރުން

އޮޅުވެލިފުށީ ބަނދަރުން ތެޔޮ ގެންގުޅުމަށް ބިމެއް ކުއްޔަށް ދޫކުރަން ހުޅުވާލަމެވެ.

އޮޅުވެލިފުށީ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 10 އަހަރުދުވަހުގެ މުއްދަތަށް 01 ބިން ކުއްޔަށް ދިނުމަށް އޮޅުވެލިފުށި ކައުންސިލުން ވަނީ ނިންމާފައެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަހައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ ނަމްބަރ

ދޫކުރެވޭ އެންމެ ކުޑަކުލި

1

ޅ.އޮޅުވެލިފުށި ބަނދަރުގެ އިރުމަތީ ސަރަހައްދު

ތެޔޮވިއްކާ

2000 އަކަފޫޓު

G-2

އަކަފޫޓަކަށް މަހަކު 60/- ލާރި

 

1-      މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2-      ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 21 އޮގަސްޓް 2022 ން ފެށިގެން 28 އޮގަސްޓް 2022 އަށް  ބަންދުނޫން ކޮންމެ ދުވަހަކު

09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމާއި އަދި އޮންލައިންގެ ޒަރިއްޔާއިން ކައުންސިލްގެ މެއިލް އެޑްރެސް:

[email protected] އަދި ކައުންސިލްގެ ވައިބަރ ނަންބަރ: 9662107 އަށް ( ރަޖިސްޓްރީވާ ފަރާތުގެ ނަން ، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް އަދި ހުށަހަޅާ ފަރާތުގެ ނަމާއިއެކު ) ރަޖިސްޓްރީވުމަށް ފޮނުވައިގެންނެވެ.

3-      ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4-      އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       

 

ބީލަން ހުށަހެޅުން

ތާރީޚް:

ދުވަސް

ވަގުތު

ތަން

01 ސެޕްޓެމްބަރ 2022

ބުރާސްފަތި

11:00

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާ

 

 

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް

ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

މާކްސް ދެވޭގޮތުގެ ތަފުސީލު:

 

 

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

80%

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކްސް  
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތައް   

10%

  • ބިން ތަރައްޤީކުރުމަށް ހުށަހަޅާގޮތަށް ދެވޭ މާކުސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ރަނގަޅު ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

10%

  • އިޖުތިމާޢީ ކަންކަމަށް ކުރާ ހޭދައަށް ދެވޭ މާކުސް    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކުސް ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 
18 އޮގަސްޓް 2022