ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
އުލިގަން، ދިވެހިރާއްޖެ.
އިޢުލާން
ނަންބަރ: 245/245/2022/48(IUL)
ހއ.އުލިގަމުގައި ބޭއްވޭ މަސްފިހުމުގެ ބޮޑު ހަރަކާތާއި ގުޅޭ
އެހެން އަހަރުތަކެކޭ އެއްފަދައިން ކުރިއަށް އޮތް 2023 ވަނަ އަހަރުވެސް "ދަ ގުރޭޓް މޯލްޑިވިއަން ބާބަކިއު 2023" ގެ ނަމުގައި ދިވެހިރާއްޖޭގައި ބޭއްވޭ މަސްފިހުމުގެ އެންމެ ބޮޑު އިވެންޓް 01 ޖެނުއަރީ 2023 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިއިވެންޓާއި އިވެންޓްގެ ބައިތައް ސްޕޮންސަރ ކުރެއްވުމަށާއި، މި ޙަރަކާތުގެ ބައިވެރިންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިކަމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައަޅުއްވާ ފަރާތަކަށް އިވެންޓްގެ މެއިން ޓައިޓަލް ސްޕޮންސަރ ގެ ޓައިޓްލް ލިބޭނެއެވެ. އަދި އެކި ދާއިރާތަކުން ޕާޓުނަރުންގެ ގޮތުގައި އިވެންޓްގައި ބައިވެރިވުމުގެ ފުރުޞަތުވެސް އޮންނާނެ ވާހަކަ ދަންނަވަމެވެ.
މި އިވެންޓް ސްޕޮންސަރ ކުރެއްވުމަށާއި ޕާޓުނަރުންގެ ގޮތުގައި އިވެންޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 31 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށައަޅުއްވާނަމަ މިއިދާރާގެ އީމެލް: [email protected] އަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ރައީސް އަޙްމަދު މުޢާޛު މުޙައްމަދު 7759261 ނަންބަރާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
20 މުޙައްރަމް 1444
18 އޮގަސްޓް 2022