ދިވެހިރާއްޖެ
ފުވައްމުލަކު ރައްޔިތުންނަށް ހިލައާއި ހިލަވެލި އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު IUL)243-S01/PRIV/2014/15)ފ(18 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ފުވައްމުލަކު ރައްޔިތުންނަށް ހިލައާއި ހިލަވެލި އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް ފުވައްމުލަކު ބަނދަރު ސަރަޙައްދުން 25 އަހަރަށް ބިން ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ހިލައާއި ހިލަވެލި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްގެ މައްޗަށް ރިޢާޔަތްކޮށް، ބަނދަރުން ދޫކުރާ ބިމުގެ ކުލި ކުޑަކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ފުވައްމުލަކު ރައްޔިތުންނަށް އަގުހެޔޮކޮށް ހިލައާއި ހިލަވެލި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 5001686 ނަންބަރު ފޯނާއެވެ.
18 ޛުލްޙިއްޖާ 1435